ދައުރު 4 · ބައްދަލުވުން 5
ޙާއްޞަ2026 Jul 14
283 (N5) 2026/35
ހުށަހެޅުން
ފުނަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ބީލަން ކޮމިޓީން ހުށަހެޅި ހުށަހެޅުން.
ނިންމުން
ބީލަން ކޮމިޓީގެ ލަފާގެ މަތިން، ބައްދަލުވުމުގައި ބައިވެރިވި 3 މެންބަރުންގެ އިއްތިފާޤުން މަޝްރޫޢު ޙަވާލުކުރުމަށް ފާސްކުރެވުނެވެ.
284 (N5) 2026/36
ހުށަހެޅުން
ރަށުގެ މަގުތަކުގައި މަގުބައްތި ހަރުކުރުމަށް ބަޖެޓުން ޚަރަދުކުރުމަށް ހުށަހެޅި ހުށަހެޅުން.
ނިންމުން
ހުށަހެޅުނު ބަޖެޓާއެކު މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ފާސްކުރެވުނެވެ.
285 (N5) 2026/37
ހުށަހެޅުން
ކައުންސިލްގެ ވެބްސައިޓް އައުކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ހުށަހެޅި ހުށަހެޅުން.
ނިންމުން
ވެބްސައިޓް އައުކުރުމުގެ މަސައްކަތް ސެކްރެޓޭރިއެޓުން ކުރިއަށްގެންދިއުމަށް ފާސްކުރެވުނެވެ.

