ފުނަދޫއާ ބެހޭ
ށ. ފުނަދޫއަކީ ދިވެހިރާއްޖޭގެ މިލަދުންމަޑުލު އުތުރުބުރީ (ށ. އަތޮޅު) ގެ ވެރިރަށެވެ.
މިލަދުންމަޑުލު އުތުރުބުރީ (ށ) ފުނަދޫއަކީ އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ ރަށެކެވެ. މިރަށް އޮންނަނީ އުތުރުން '6 ޑިގުރީ8' އަދިއިރުން '73ޑިގްރީ 17' ގައެވެ. ދިގުމިނުގައި 2.350 ކިލޯމީޓަރ އަދި ފުޅާމިނުގައި 4500.ކިލޯ މީޓަރހުރި މިރަށުގެ ހިކިފަސްތަނުގެ ބޮޑުމިނަކީ 120 ހެކްޓަރެވެ.
ފުނަދުއަށް ކުރިން ކިޔަމުން އައި ނަމަކީ "ފަރުކޮޅުފުނަދޫ" އެވެ. "ފުނަދޫ" މިނަމަށް ބަދަލުކުރެއްވީ 12 މާޗް 1995ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމެވެ. އަތޮޅުގެ މަރުކަޒީ ރަށް "ފުނަދޫ" އާއި، ވެރިރަށް މާލެއާއި ދެމެދު ހުންނަނީ 123 މޭލެވެ.
މިރަށުގެ މިހާރުގެ އާބާދީއަކީ 2778 އެވެ.

